އެމްޑީޕީގެ ވަރަށް ޚާއްޞަ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗުގައި
28 ފެބްރުއްރީ 2010
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަރަށް ޚާއްޞަ ޖަލްސާއެއް މިރޭ، 28 ފެބްރުއަރީ 2010 ވާ އާދީއްތަ ދުވަހުގެރޭ 9.00 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެއެވެ. މި ޖަލްސާގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މިޖަލްސާއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އެމްޑީޕީ ވުމާއި ބައެއް މުހިއްމު އެހެންކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ޖަލްސާ އެކެވެ.
ވީމާ މި ޚާއްސަ ޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ހެޔޮއެދި ވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެވަޑައިގެން ދެއްވުމަކީ މިޕާޓީގެ ވަރަށް ބޮޑުއެދުމެކެވެ.










ޖަލްސާ ތަކުގެ އޯޑިއޯ ނުލިބޭތީ ވަރައްދެރަ. އަހަމެން ރާއްޖޭންބޭރުގަ އުޅޭ މީހުންނަށް ވެސް ކުޑަ ކޮންބަލާލަބަލަ. ޕާޓީގެ ޖަލްސާ އެއް އަޑުނީވޭތާ އެތައްދުވަހެއް ވެއްޖެ..
Comment by Anonymous — Sunday, February 28, 2010 @ 1:40 pm
އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ލިސްޓެއް ސާޢިރު ކޮށްދެއްވުންއެދެމެވެ.
Comment by 123 — Sunday, February 28, 2010 @ 2:48 pm
ނެޓަށް ރިކޯޑިނގް ޕްލީސް
Comment by anonymous — Sunday, February 28, 2010 @ 4:02 pm
މި ޖަލްސާ އަތޮޅު ތަކުގައި ތިއްބަވާ ބޭފުޅުންނަށް ފެންނާނެތަ؟ މި ބުނީ އެއްވެސް ޗެނަލަކުން ފެންނާނެތަ؟
Comment by aminath — Sunday, February 28, 2010 @ 4:29 pm
މިޖަލްސާ ވަގުތުން ދުރަށް ދައްކާނެތޯ؟
އެމް ޑީ ޕީ ޖަލްސާތަކުގެ ވީޑިއޯ މި ސައިޓުން ފެންނާނެ ގޮތެއް ހެދުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް. މިހެން މި ދެންނެވީ ހުރިހާ ބޭފުޅުންނަކީ ޖަލްސާތަށް ޓީވީން ވަގުތުން ދުރަށް ދެއްކިކަމުގައި ވިޔަސް ބެއްލެވޭނެ ބޭފުޅުންނެއް ނޫން! ލިބޭ ހުސް ވަގުތުކޮޅުތަކުގައިވެސް ބަލައިލެވޭނީ ސައިޓުގައިވެސް ހުރެގެން. އަޅުގަޑު ވަރަށް ބޭނުންވޭ އެމް ޑީ ޕީ ޖަލްސާތައް ބަލައިލަން!
Comment by އަޙުމަދު — Sunday, February 28, 2010 @ 7:43 pm