Maldivian Democratic Party » ރާއްޖޭގެ ހުރިހާ ޤާނޫނީ ވަކީލުން އެއްކޮޅަކަށް އެރިޔަސް ޕްރޮވިންސް ހެދުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ނޫންކަން ސާބިތުކޮށްދޭނަން – އަލްހާން

Saturday, February 27, 2010

ރާއްޖޭގެ ހުރިހާ ޤާނޫނީ ވަކީލުން އެއްކޮޅަކަށް އެރިޔަސް ޕްރޮވިންސް ހެދުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ނޫންކަން ސާބިތުކޮށްދޭނަން – އަލްހާން

27 ފެބްރުއަރީ 2010

raa-alifushi-mdp-25-26-02-2010-438

ރައްޔިތުންނާ ގާތުން ވެރިކަން ހިންގުމުގެ ޚިޔާލު ދިވެހިރައްޔިތުންގެ ހިތްތަކުގައި ނެތްނަމަ މިއަދު އެމްޑީޕީގެ ވެރިކަމެއް މިގައުމުގައި ނޯންނާނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ. އަލްހާން މިހެން ވިދާޅުވީ ރ. އަލިފުށީގައި ހުކުރު ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ޚާއްޞަ ޖަލްސާގައި ޕްރޮވިންސް ހެދުމަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ، ވިސްނުންތޫނު ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅު ހުންނަނީ އަންނަން އޮތް ޖީލިތަކުގެ މުސްތަގުބަލަށް ބައްޓަންކުރެވިފައި ކަމުގައެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ރައީސް ނަޝީދުގެ ދައުރުގެ މުހިއްމު ކަމުގެ ވާހަކަ އިދިކޮޅު ޑީއާރުޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިރުވެސް ގަބޫލުފުޅުކުރައްވާ ކަމުގައެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ ” ގައުމީ މުސްތަގުބަލަށް އޮތް ރައްކަލެއްކަން ވިސްނުނީ ރައީސް ނަޝީދު ސިވިލް ސާވިސްގެ މުޥައްޒަފުން މަދުކުރަން ނިންމުމާ، މުސާރަކުޑަކުރަން ނިންމުމާ، ކަރަންޓް ބިލުގެ އަގުތައް މައްޗަށް ޖައްސަން ފެށީ ހިސާބުން ” ކަމުގައި އަލްހާން ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ މިސަރުކާރާ ދޭތެރޭ އެމަނިކުފާނުގެ އުއްމީދު އާވެއްޖެ ކަމަށާއި، މިސަރުކާރުގެ މަގުޗާޓުގައި ހަގީގަތްތަކެއް އެބަހުރި ކަމަށެވެ. އަދި ރައީސް ނަޝީދުގެ އަނެއްދިވެހިރާއްޖޭގެ ތަޞައްވުރަކީ ހަގީގީ ތަޞައްވުރެއް ކަން ގަބޫލުފުޅުކުރައްވާ ކަން ހާމަކުރައްވަމުން އަލްހާން ވިދާޅުވީ ” ރައީސް ނަޝީދަކީ ރައްޔިތުންގެ ރުހުމާ ތާއީދު ވަގުތީ ގޮތުން ހޯއްދަވައިގެން ރައްޔިތުން ލައްވާ ފަރިހިކިޔުއްވައި ނަށަން ބޭނުންފުޅުވާ ބޭފުޅެއް ނަމަ އެގޮތަކަށް ކަންތައްތަކެއް ނުކުރެއްވީސް ” ކަމުގައެވެ.
މީގެ އިތުރުން އިތުރުން ސަރުކާރުން ބޭނުންތެރި އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އޭރު ދިވެހިރައްޔިތުންގެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން ރައްޔިތުންނަށް ފައިދާހުރި އެންމެ ބިލެއް ވެސް ހުށަނާޅާ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ޑީއާރުޕީން ކުރިހާވެސް ކަމަކީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުންކޮށް އެމްޑީޕީ ސަރުކާރުގެ ވައުދުތައް ފުއްދިޔަ ނުދިނުމުގެ ސިޔާސަތެއް ގެންގުޅުން ކަމުގައި ވިދާޅުވެ ޑީއާރުޕީ އަށް އަލްހާން ފާޑުވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އެމަނިކުފާނު އިދިކޮޅު މެންބަރެއްގެ ގޮތުން ހުންނެވި އިރުވެސް ޕްރޮވިންސް ހެދުމުގެ ބިލަށް މައިގަނޑު ގޮތެއްގައި ތާޢީދު ކުރެއްވި ކަމަށާއި، ޕްރޮވިންސް އުފައްދައިގެން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އިސޫލުން ހިންގައިގެން މެނުވީ އަޅުގަނޑުމެން މިއެދޭ ތަރައްގީ ހާސިލް ނުކުރެވޭނޭ ކަމުގައެވެ.
” އަޅުގަނޑު އެއްވެސް އިރަކު ނުބުނަން ޕްރޮވިންސް ހެދުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެކޭ. އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖޭގައި ތިއްބެވި ހުރިހާ ލޯޔަރުން އެއްކޮޅަކަށް އެރުއްވި ނަމަވެސް އަޅުގަނޑު ސާބިތު ކޮށްދޭނަން ޕްރޮވިންސް ހެދުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ނޫންކަން. ” އަލިފުށީގެ އެމްޑީޕީ ސަޕޯޓަރުންނާއި ކައިރި ރަށްރަށުން ވަޑައިގެން ތިއްބެވި އެމްޑީޕީގެ އެތައް ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި އަލްހާން ވިދާޅުވިއެވެ.
މިޖަލްސާގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ދެއްކެވި ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ މިވަގުތު ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އެމްޑީޕީ ވުމާއި އެމްޑީޕީގެ މެންބަރޝިޕްގެ ކަންތައްތަކާއި، ގޮފިތަކުގެ ރައީސުންނަށް ވުމުން ލިބޭ ފައިދާތަކުގެ މައްޗަށެވެ.
އަލިފުށީގައި ފުރަތަމަ ފަހަޜަށް މިބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް އެހެން މެންބަރުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ބާރަށު ޑާއިރާގެ މެންބަރު މުހައްމަދު ޝިފާޒް އާއި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޠޯރިގުގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ވެސް ވަރަށް އަގުހުރި ވާހަކަފުޅުތަކެއް ދެއްކެވިއެވެ.
ރޭގެ ކުލަގަދަ ހަފްލާގައި ރ. އަތޮޅުގެ ރަށްރަށުގެ 4 ކަތީބަކާއި، ބައެއް ރަށްރަށުގެ ޑީއާރުޕީގެ ގޮފީގެ ރައީސުންނާއި އިސް ހަރަކާތްތެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ. މިޖަލްސާއަށް ޓަކައި އަލިފުށި ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. އަދި އެމްޑީޕީގެ ވަފްދަށް އެރަށުން ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާއެކެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުން އާބާދީގެނިޞްބަތުން މުޅިރާއްޖެއިން ވެސް އެމްޑީޕީގެ މެންބަރުން އެންމެ ގިނަ އަތޮޅަކީ ރ. އަތޮޅެވެ. ކުރިން އެންމެ 400 މެންބަރުން ރ. އަތޮޅުގައި ތިބި ނަމަވެސް މިހާރު އެއަދަދު ވަނީ 1200 އަށް އަރާފައެވެ. އަދި ރ. އަތޮޅުގެ 600 އެއްހާ ފޯމު މިހާރުވެސް އިލެކްޝަނަށް ފޮނުވާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

12 Comments »

  1. އަހަރެމެން މިތިބީ .އެމް.ޑީ.ޕީ އާއެކު… ސާބަހޭ ތިޔަކުރައްވަމުންދާ މަސައްކަތް ޕުޅަށްޓަކައި ސާބަހޭ…ސާބަހޭ

    Comment by އަހުމަދު — Saturday, February 27, 2010 @ 8:26 pm

  2. ހަގީގަތުގައި މިޒަމާނުގައި ދައުލަތް ތަކުގައި ކުރާ ވެރިކަމުގެ ނަމަކީ، ޝާޙީ ރަސްކަމެއް ކަމުގައި ވިޔަސް އަދި ޕްރެޒި ޑެންޝަލް ދައުލަތެއް ކަމުގައި ވިޔަސް ނުވަތަ ޕާލަމެންޓްރީ ދައުލަތެއް ކަމުގައި ވިޔަސް މިޒަމާނުގައި ތަހުޒީބު ބަޔަކު އެވެރިކަމެއް ޙައްޤު ގޮތުގައި ގަބޫލު ކުރަނީ، ލާމަރުކަޒީ ސިޔާސަތެއްގެ މައްޗަށް ގައުމުގެ ދުސްތޫރީ ބާރު އެކަށައެޅި އެ ވެރިކަމެއްގައި ޑިމޮކްރަސީގެ ސިފަތަށް ހުރެގެންނެވެ، އަދި ސޯޝަލިސްޓް ނުވަތަ ކެޕިޓަލިސްޓް ސިޔާސަތުގެ މައްޗަށް ދައުލަތް ހިންގި ޔަސް، އަދުގެ ދުނިޔޭގައި ދިރިއުޅޭ އިލްމީގޮތުން ތަހުޒީބު ބަޔަކު އެވެރިކަމެއްގެ ސިޔާސަތު ގަބޫލު ކުރަނީ ގައުމުގެ އިގުތިސާދު ހަރުދަނާވުމާއި، ދައުލަތުގެ މުއްސަނދިކަން ހަމަހަމަވުމެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، މިފަދަ ޙިކުމަތުގެ މައްޗަށް ދައުލަތް ގެނަސް ދެނީ ލާމަރުކަޒީ އުސޫލުތަކާއި، ސިފަތަށް ގާނޫނީ ހުކޫމަތުގެ ތެރޭގައި ހިއްސާކޮށް ގެންނެވެ. ތާރީޚީ ނަޒަރަކުން ވިސްނާ އިރު، ދުނިޔޭގެ ފިނި ހަނގުރާމަ ނިމި ޑިމޮކްރަސީގެ ތަހުޒީބު އުސޫލުތަށް ދުނިޔޭގެ ކަންކޮޅު ތަކަށް ފެތުރެން ފެށުމާއެކު، ގިނަ ގައުމުތަކުގެ ވެރިކަމުގެ ސިޔާސަތެއްގެ ގޮތުން ޔޫރަޕްގެ ގައުމުތަކުގައި އެކަށަ އެޅުނު ސިޔާސަތަކީ އެފަދަ ގައުމުތަށް މަރުކަޒީކޮށް ހިންގި ބޯދާ އުސޫލުތަށް ދޫކޮށް، ބައެއް ދައުލަތްތަށް ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ހިންގުމާއި، ބައެއް ގައުމުތަކުގައި އެގައުމުތަކުގެ އިޖުތިމާޢީ އަދާލަތު ލާ މަރުކަޒީކޮށް ގައުމުގެ ތަނަވަސްކަން އެންމެންގެ މައްޗަށް ހަމަހަމަ ކުރުމެވެ. ޢިބުރަތަކީ ކޮބާހެއްޔެވެ؟ ދުނިޔޭގައި މަރުކަޒީކޮށް ދައުލަތް ހިންގި އެއްވެސް ގައުމަކަށް ތަރައްގީއާއި ކުރިއެރުން ލިބުނު ހެއްޔެވެ؟ މިހަގީގަތް މިރާއްޖޭގެ ގައުމީ ހަޔާތުން މިހިރަ ސާބިތުކޮށް ދެނީއެވެ. މަރުކަޒީ ދައުލަތަކަށް ވުރެ، މުހިއްމީ ލާ މަރުކަޒީ ދައުލަތެވެ. ޑިސެންޓަރލައިޒް ސަޔާސަތުގެ ދަށުން ގާނޫނީ ދައުލަތުގެ ސަރަހައްދު ތަކަށް ސްޓޭޓްސް ކިއަސް ނުވަތަ ޕްރޮވިންސް ކިޔަސް އުސޫލެއްގެ ގޮތުން އެއީ މައްސަލައެއް ނޫނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ ހ. ށ މައްޗަށް ރިޢާޔަތް ކޮށް، އިދާރީ ހިންގުން ލާމަރުކަޒީ އުސޫލުން ހިންގަން ޖެހޭ ކަމަށް ގާނޫނުގައި ބަޔާންވެ އޮތް ހިނދު، 230 ވަނަ މާއްދާގެ މުރާދަކީ، ޕަވަރ ޑިސްޕާރސް ކުރުމެވެ. އެހެންކަމުން އަލްހާން ވިދާޅުވީ ރަނގަޅު ވާހަކައެކެވެ.

    Comment by Hassan Mahir / Huludoo — Monday, March 1, 2010 @ 1:57 pm

  3. ފަނޑިޔާރުންނޭވެ’ އިންސާފުގެ މައްޗަށް ބިރުވެތި ވާށެވެ’ ޙައްޤާއި ބާޠިލުގެ ދެމެދުގައި ނަރަކައާއި ސުވަރުގެ އެބަވެއެވެ. އަދުލު އިންސާފުގެ މައްޗަށް ޝަރިޢަތް ކުރި ފަނޑިޔާރާއަށް ހުރި ޖަޒާއަކީ، ސުވަރުގެއެވެ. އިންސާފުން އެއްކިބާވެ ޝަރިޢަތް ކުރި ފަނޑިޔާރާއަށް ހުރި ޖަޒާއަކީ ނަރަކައެވެ. މުސްކުޅިން ބުނެއެވެ. ކޮންމެ ހަތް ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރައަކީ ނަރަކަ ވެރިއެކެވެ. ލޮބުވެތި ފަނޑިޔާރުން ނޭވެ’ އަދުލު ވެރިކަމުގެ މައްޗަށް ރައްކާ ތެރިވާށެވެ’ މިއީ ވަރަށް މުހިއްމު ސިފައެކެވެ. މިޒަމާނުގެ ޑިމޮކްރަސީގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމް މުސްތަގިއްލުވެ އޮތުމުގެ ހިކުމަތަކީ، އެއްވެސް ހާލެއްގައި ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ދެމެހެއްޓުމެއް ނޫނެވެ. އެކަމުގެ ޙަގީގީ ޙިކުމަތަކީ، ގައުމުގެ އެންމެ އިސްވެރިޔާގެ ނުފޫޒުން އަދުލު އިންސާފުގެ ދާއިރާ ހިމާޔަތްކޮށް، އަދުލުވެރި ގޮތުގައި ފަނޑިޔާރުން ނަށް އަދުލު އިންސާފު ގާއިމުކުރުމުގެ ފުރުޞަތު ފަހިކޮށް ދިނުމެވެ. ވީހިނދު، ކޯޓުތްކުގެ އިމާރާތް ކުޑަވެ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅޭ ނަމަ، މިދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ކޮބާހެއްޔެވެ؟ މުޖުތަމަޢުގެ އަމަން އަމާންކަން ކޮބާހެއްޔެވެ؟ މުޖުތަމަޢުގެ ތެރޭގައި ބޮޑެތި ކުށްކުރާ އަފޫރުއްބަ މުޖުރިމުންގެ މައްޗަށް ކުށް ސާބިތުނުވެ އެފަދަ ބަދުމާޝީން މިނިވަން ކަމާއެކު، މުޖުތަމަޢުގެ ތެރޭގައި ދޫވެތިބުމަކީ، މުޖުތަމަޢުގެ މައްޗަށް ބަލާވެރިކަން ފާވެ އޮތުމެވެ.
    އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި މިރާއްޖެއަކީ، އަޖައިބުން ފުރިގެންވާ ގައުމެކެވެ. އެހެނީ ބޮޑެތި ޑުރަގު ޑީލަރުންގެ މައްސަލަ ތަކުގައި ތަހުގީގު ކުރެވި އެފަދަ މީހުންގެ އަތުން ފައިސާގެ ބޮޑެތި އަދަދުތައް ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ އިރުވެސް އެފައިސާ ހޯދިގޮތުގެ މައްޗަށް ހަރުދަނާ ގޮތެއްގައި ތަހުގީގު ކުރުމެއް ނެތެވެ. އައްޑޫ މީހުންގެ ހަރުބަހެއްގައި އޮންނަ ބީދައިން، ކަޅާ ފޮޅީގެ މިސާލުން މުޖުތަމައެއްގެ ތެރޭގައި އަދުލު އިންސާފު ގާއިމު ކުރާނަމަ، ރާއްޖޭގެ ލޮބުވެތި ސިފައިންނާއި ފުލުހުންގެ ބުރަ މަސައްކަތް ފަންފުލުން ދަނީއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތަކީ މުޅި އުއްމަތައްޓަކާ މުޅި މުޖުތަމަޢު އެކަތި ގަނޑަކަށްވެ ފަނޑިޔާރުންގެ ނިޔާ ގާނޫނާއި އެއްގޮތް ވާގޮތުގެ މަތިން ޢަދުލު ވެރިކަމާއެކު، ނިޔާ ކަނޑައަޅަން ޖެހޭ ވަގުތެކެވެ. ނޫންނަމަ، ދައުލަތުގެ އަދުލު އިންސާފުގެ ތަސައްވުރު ހަޑިވެ ޖަންގަލީގެ ގާނޫނު މުޅި މުޖުތަމަޢުގެ މައްޗަށް އާއްމު ވެދާނެއެވެ.
    ޑިމޮކްރަސީއެއްގައި ދައުލަތް ހިންގުމުގެ މުހިއްމު ބާރުތައް ނުވަތަ މިނިވަން މުއައްސަސާތައް ވަކިވެ އޮތުމުގެ ޙިކުމަތަކީ، އެއްބާރުން އަނެއްބާރެއްގެ މައްޗަށް ފާރަވެރިވެ ނުފޫޒުން އެއްކިބާވެ ޢަދުލު ވެރިކަން ގާއިމު ކުރުމުގެ ޙިކުމަތް އިސްކުރުން ކަމަށް ވީހިނދު، ދިވެހި ދައުލަތް ހިންގުމުގެ ގާނޫނީ ބާރުތަކުގެ ތެރޭގައި މިޙިކުމަތް ހަރަކާތް ތެރިވަމުން ދަނީ، ޙައްގު މިސްރާބުގެ މައްޗަށް ކަސިޔާރު ވެގެންނެވެ. ސަބަބަކީ، ފިޠުރީގޮތުން ފަނޑިޔާރުންގެ ކިބައިގާ ހުންނަން ޖެހޭ ޠަބީޢީ ސިފަތައް ނެތުމެވެ. އެސިފަތަކަކީ 1 ޠަބީއަތުގައި ފިޠުރީ ގޮތުން އަދުލު ވެރިކަން ހުރުމާއި، 2 ޠަބީޢީ ގޮތުން ރުޅި މަޑުކަމާއި، 3 އާއިލީ ލޯބި ލިބި ރަނގަޅު އަޙުލާގު ލިބިފައިވާ މީހަކަށް ވުމާއި، 4 ކެއްތެރިކަމާއި، ކަންކަމުގެ މައްޗަށް މުސާފަހާތު ކުރުމުގެ ރިވެތި ސިފަ ހުރި މީހަކަށްވުމާއި، 5 ދިނީ އިލްމު ވެރިކަމާއި، އަދި ދީންވެރިކަން ޠަބީއަތާއި މިޒާޖުގައި ހުރި މީހަކަށް ވުމެވެ. މިސިފަތަކުން އެއްކިބާ ވެފައިވާ އެއްވެސް މީހަކަށް އަދުލު ވެރިކަމާއެކު، ފަނޑިޔާރުކަން ނުކުރެވޭނެއެވެ.

    Comment by Hassan Mahir / Huludoo — Tuesday, March 2, 2010 @ 2:22 am

  4. ސިވިލް ސިވިލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތާއި ބާރުތައް ބަޔާންކުރާ 182 މާއްދާގައި ބަޔާންކުރަނީ، ސިވިލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ވާހަކައެވެ. ވީހިނދު، ސިވިލް 182 މާއްދާގެ 1-2 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތާއި، ޒިންމާ ވަރަށް ރަނގަޅަށް ބަޔާންވެ އެބައޮތެވެ. އެހެންކަމުން ދައުލަތަށް ކުރިމަތިވީ އިގުތިސާދީ ހާއްސަ ހާލަތާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ބައިނަލް އަގުވާމީ މާލީ އިދާރާތަކުގެ ލަފަޔާއި އެއްގޮތްވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓަރީން ވަނީ ކޮންމެހެން ކުރަންޖެހޭ ސަރުކާރުގެ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް ނުކުރުމަށާއި، 2009 އޮކްޓޯބަރ 1 އިން 3 މަހުގެ މުއްދަތަށް ސަރުކާރުގެ މުއައްޒުފުންގެ މުސާރަ ކުޑަކޮށް ފައެވެ. ނަމަވެސް 3 މަސްދުވަހުގެ މުއްދަތައް އެޅުއްވި މި ފިޔަވަޅަކީ، ދައުލަތަށް 7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކާއިފި ނަމަ، ކުރީގެ މުސާރަ އިއާދަކޮށް ދެއްވާނެ ކަމަށް ވިދާޅު ވަމުންނެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް ފަހުން ފިނޭސް މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބަޖެޓަށް 7 ބިލިއަން ރުފިޔާ ހަމަނުވާކަމާއި، ދައުލަތުގެ ބަޖެޓަށް އެފައިސާ ލިބޭނެކަމުގެ އުއްމީދު ވެސް ނެއްކަމުގައެވެ. ވީހިނދު، ދައުލަތަށް ފައިސާ ހޯދުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުތައް އެހުރީ ފްލޯގައި ބަހުސް ކުރުމެއް ނެތިއެވެ.
    ހަގީގަތަކީ މިއީ ކަމަށް ވީހިނދު، ސިވިލް ސަރވިސް ކޮމިޝަނުގެ ވަކީލު ޑރ މުހައްމަދު ޖަމީލު އަހްމަދު 2 މާރޗް 2010ވަނަ ދުވަހު ކޯޓްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ މުއައްޒުފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމާއި ކުޑަ ކޮށްފައިވާ މުސާރަ ބޮޑު ކުރުމުގެ ބާރު ގާނޫނުން ހަމައެކަނި ލިބިދީފައި ވަނީ، ސިވިލް ސަރވިސް ކޮމިޝަނަށް ކަމުގައެވެ. އަދި ކޮމިޝަނުން އެކަންކަމާ މެދު ނިންމާ ނިންމުމެއް ވީޓޯކުރުމުގެ ނުވަތަ ހުއްޓުވޭނެ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރެވޭނެ ކަމުގައެވެ. ޑރ ޖަމީލެވެ’ ތިޔަ ވިދާޅުވީ މާނަކުރުން ދޭހަކޮށް ދެނީ މިގާނޫނު އަސާސީގެ ކޮންމާއްދާ އަކުން ހެއްޔެވެ؟ ޑރ ޖަމީލެވެ’ މިގާނޫނު އަސާސީ ލިޔެފައި ވަނީ، ގަބުޅި ތާނަ އަކުރުންނެވެ. ޑރ ޖަމީލެވެ’ މަނިކުފާނު ތިޔައިންނެވީ ދެމުރިގަށް ސިޔާސީ ކުލަ ޖެހިފައެވެ.

    Comment by Hassan Mahir / Huludoo — Wednesday, March 3, 2010 @ 2:37 am

  5. އަލްޙާނަކީ، ދެއުޅިއެއްނުވާ މީހެއްކަން މިހާރު މިވަނީ ދިވެހިރައްޔިތުންނަށް އެނގިސާބިތުވެފާ. ވީމާ، ވީމޮޅައިގެން ދެންވެސް އަނގަމަޑުންލައިގެން ހުރެވޭތޯ ބައްލަވާ! ސާބަހޭ ޢިއްޒަތްތެރި މެންބަރު!

    Comment by hamahama — Wednesday, March 3, 2010 @ 12:05 pm

  6. މިއީ މުޙައްމަދު ސައީދޫ މުސާވަޖުދީ 3 މާޗް 0102 ގައި އޭނާގެ ކޮލަމަށް ދުރުމީ- ގައުމުގެ އިގުތިސާދު ހަރުދަނާ ކުރުން މިކަމުގެ މައްޗަށް ލިއުއްވި އާޓިކަލަށް އަޅުގަނޑު ދޭ ރައްދު ޖަވާބެވެ.
    * ވަޖުދީއެވެ’ ހަގީގަތުގާވެސް ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ސަރުކާރުން މިދަނީ ކުރައްވަ މުންނެވެ. އެކަމުގެ ހެއްކަކީ، ބައިނަލް އަގުވާމީ މާލީ އިދާރާތަކުގެ އިރުޝާދާއި އެއްގޮތް ވާގޮތުގެ މަތިން ސަރުކާރުގެ މާލީ ސިޔަސަތު ހަރުދަނާ ކުރުމުގެ މަސައްކަތެވެ.
    * ވަޖުދީއެވެ’ ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކާ ސަރުކާރުން ދަނީ، ބައިނަލް އަގުވާމީ މާލީ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް ފިޔަވަޅު އަޅުއްވަ މުންނެވެ. ނަމަވެސް ހުޅުދޫ ސިޖާރު ފަދައިން، ވަޖުދީ މިކަން ގަބޫލު ނުކުރައްވާ ނެއެވެ.
    * ވަޖުދީއެވެ’ ހަގީގަތުގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ކާބޯތަކެތި ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަން އުޅުނެވެ. ނަމަވެސް މިކަމުގެ މައްޗަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލުތަކަށް ވީގޮށް ވަޖުދީއަށް އެނގިލައްވާ ތޯއެވެ؟ މިކަމުގައި ވަޖުދީ މެންގެ ވިސްނުން ހުރީ އިންޑިޔާގެ އަންޑަމަން އައިލޭންޑުގެ ބޯ ނަސްލުގެ މީހުންގެ ވިސްނުން ހުރިގަތަށް ވިއްޔާއެވެ.
    * ވަޖުދީއެވެ’ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ޖީބަތް ލެވޭ ފައިސާކޮޅު ގިނަ ކުރުމަށްޓަކާ ލާ މަރުކަޒީ އުސޫލު ތަކުގެ މައްޗަށް ދައުލަތް ހިންގުމުގެ ތައްޔާރީތައް ވަމުން ދާއިރު، ވަޖުދީއާއި އިމާދު ސޯލިޙު މެންގެ ވިސްނުން ހުރި ގޮތް ދެކޭށެވެ. ވީހިނދު މާލެއިން މީހުން މަދުކޮށް ރާއްޖޭގެ ކަންކޮޅުތައް ތަރައްގީ ކުރުމުގެ ސިޔާސަތުގެ ނައްޗަށް ވަޖުދީމެން ދަނީ އިދިކޮޅު ހަދަމުންނެވެ. ވީހިނދު، ރައްޔިތުންގެ ޖީބަތް ލެވޭ ފައިސާކޮޅު ގިނަވާނީ ކިހިނެއް ހެއްޔެވެ؟
    * ވަޖުދީއެވެ’ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކާ ބުއްދި ހުރި އިންސާނުން ކަންކުރާ އުސޫލުން އިންވެސްޓް މަންޓް ބޭންކް ރާއްޖެއަށް މިސަރުކާރުން ގެންނަން އުޅުމުން ވަޖުދީމެން ހައްދަވަނީ އިދިކޮޅެވެ. ވީހިނދު، ވިޔަފާރި ތަރައްގީ ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
    * ވަޖުދީއެވެ’ ކަންމަތީ އިސްޓޯރުގެ ދަރަނި މިހާރު ހަމަޖެހޭ ނެއެވެ. އެއީ މުސްކުޅިންނަށް ސަރުކާރުން ދެއްވާ އިނާޔަތުންނެވެ. މިއަދު މުސްކުޅިން މަގުމަތީގައި ނެތެވެ. މިހާރު ރާއްޖޭގެ ކަންކޮޅުތަކުން އެކަމުގެ އުފާ އެބަކުރެއެވެ.
    * ވަޖުދީއެވެ’ މަސްވެރިކަން ތަރައްގީ ކުރުމަށް ވަގުތު ބޭނުންވެއެވެ. ސަރުކާރުން މިހާރު ދަނީ އެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މަސްވެރިކަން ރަނަގަޅު ވުމާއި ހީނަރުވުން އެއީ ގުދުރަތީ ކަމެކެވެ.
    * ވަޖުދީއެވެ’ ރާއްޖޭގެ ދަނޑުވެރިކަން ކުރިންވެސް އޮތީ ތަރައްގީ ވެފައެވެ. ނަމަވެސް ރާއްޖޭގެ ކަންކޮޅުތަކުން އުފައްދާ ދަނޑޮ ގޮވާމުގެ ތަކެތި އެއްރަށުން އަނެއްރަށަށް މާކެޓްކުރެވޭ ގޮތް އޮތީ ނެތިފައެވެ. މިސަރުކާރުން ދަނީ މުޅި ރާއްޖެ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅުވާ މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއިރުން ދަނޑުވެރިން އުފައްދާތަކެތި މާކެޓް ކުރެވޭނެއެވެ. * ވަޖުދީއެވެ’ ދޮންވެ ފަތްކާވެފައި ނެތް އިގުތިސާދެއް ހަރުދަނާ ކުރެވޭނީ ފޮރިން އިންވެސްޓް މަންޓް ރާއްޖެއަށް ގެނެވިގެންނެވެ. ނަމަވެސް މިސިޔާސަތުގެ މައްޗަށް ވަޖުދީ މެންދަނީ، އިދިކޮޅު ހަދަމުންނެވެ. ވީހިނދު، މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟
    ވަޖުދީއެވެ’ ހައްތަހާވެސް ވަޖުދީމެންގެ ކިބައިން މިފެންނަނީ، އިންޑިޔާގެ އަންޑަމަން ނަސްލުގެ ބޯ މީހުންގެ ވިސްނުމާއި، އަމަލެވެ. ވަޖުދީ ފަދައިން އެމެރިކާގެ ދޮން ނަސްލުގެ މީހުން އޮބާމައާއި ސުއާލު އެބަކުރެއެވެ. 31 މަސްވީ އޮބާމާގެ ވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ކޮށް ދެވުނީ ކޮންކަމެއް ހެއްޔެވެ؟ ވަޖުދީއެވެ ސައުތު އެފްރިކާގެ ކުރީގެ ގަބިލީ ރަސްކަން އޮތް ދުވަސްވަރު އެތާގެ ރަސްކަލަކު ވިދާޅުވިއެވެ. ތިމެން އައުހާރުވާ ދުވަހަކު މިގަބީލާގެ މީހުންޖެހޭނީ މަރުވެ ގަންނާށެވެ ސަބަބަކީ، ތިމެންނައަށް ފަހު ދެން މިގަބީލާގައި ރަސްކަން ކުރާނެ މީހަކު ނުހުންނާނެއެވެ. ބުނަންހެއްޔެވެ. މިރާއްޖޭގައި މީގެ ކުރިން 38 ރަސްކަލުން ރަސްކަން ކޮށްފިއެވެ. އެމީހުން ވެސް ދުނިޔޭގައި ނެތެވެ. ނަމަވެސް މިރާއްޖޭގައި ވެރިކަން ކުރާނެ ބަޔަކުނެތި ވެރިކަން ނުކުރާ ޒަމާނެއް ދިޔަހެއްޔެވެ؟

    Comment by Hassan Mahir / Huludoo — Thursday, March 4, 2010 @ 3:00 am

  7. މިއީ މުޙައްމަދު ސައީދޫ މުސާވަޖުދީ 3 މާޗް 2010 ގައި އޭނާގެ ކޮލަމަށް ދުރުމީ- ގައުމުގެ އިގުތިސާދު ހަރުދަނާ ކުރުން މިކަމުގެ މައްޗަށް ލިއުއްވި އާޓިކަލަށް އަޅުގަނޑު ދޭ ރައްދު ޖަވާބެވެ.
    * ވަޖުދީއެވެ’ ހަގީގަތުގާވެސް ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ސަރުކާރުން މިދަނީ ކުރައްވަ މުންނެވެ. އެކަމުގެ ހެއްކަކީ، ބައިނަލް އަގުވާމީ މާލީ އިދާރާތަކުގެ އިރުޝާދާއި އެއްގޮތް ވާގޮތުގެ މަތިން ސަރުކާރުގެ މާލީ ސިޔަސަތު ހަރުދަނާ ކުރުމުގެ މަސައްކަތެވެ.
    * ވަޖުދީއެވެ’ ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކާ ސަރުކާރުން ދަނީ، ބައިނަލް އަގުވާމީ މާލީ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް ފިޔަވަޅު އަޅުއްވަ މުންނެވެ. ނަމަވެސް ހުޅުދޫ ސިޖާރު ފަދައިން، ވަޖުދީ މިކަން ގަބޫލު ނުކުރައްވާ ނެއެވެ.
    * ވަޖުދީއެވެ’ ހަގީގަތުގައި ވެސް ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ކާބޯތަކެތި ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަން އުޅުނެވެ. ނަމަވެސް މިކަމުގެ މައްޗަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލުތަކަށް ވީގޮށް ވަޖުދީއަށް އެނގިލައްވާ ތޯއެވެ؟ މިކަމުގައި ވަޖުދީ މެންގެ ވިސްނުން ހުރީ އިންޑިޔާގެ އަންޑަމަން އައިލޭންޑުގެ ބޯ ނަސްލުގެ މީހުންގެ ވިސްނުން ހުރިގަތަށް ވިއްޔާއެވެ.
    * ވަޖުދީއެވެ’ ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ޖީބަތް ލެވޭ ފައިސާކޮޅު ގިނަ ކުރުމަށްޓަކާ ލާ މަރުކަޒީ އުސޫލު ތަކުގެ މައްޗަށް ދައުލަތް ހިންގުމުގެ ތައްޔާރީތައް ވަމުން ދާއިރު، ވަޖުދީއާއި އިމާދު ސޯލިޙު މެންގެ ވިސްނުން ހުރި ގޮތް ދެކޭށެވެ. ވީހިނދު މާލެއިން މީހުން މަދުކޮށް ރާއްޖޭގެ ކަންކޮޅުތައް ތަރައްގީ ކުރުމުގެ ސިޔާސަތުގެ ނައްޗަށް ވަޖުދީމެން ދަނީ އިދިކޮޅު ހަދަމުންނެވެ. ވީހިނދު، ރައްޔިތުންގެ ޖީބަތް ލެވޭ ފައިސާކޮޅު ގިނަވާނީ ކިހިނެއް ހެއްޔެވެ؟
    * ވަޖުދީއެވެ’ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކާ ބުއްދި ހުރި އިންސާނުން ކަންކުރާ އުސޫލުން އިންވެސްޓް މަންޓް ބޭންކް ރާއްޖެއަށް މިސަރުކާރުން ގެންނަން އުޅުމުން ވަޖުދީމެން ހައްދަވަނީ އިދިކޮޅެވެ. ވީހިނދު، ވިޔަފާރި ތަރައްގީ ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
    * ވަޖުދީއެވެ’ ކަންމަތީ އިސްޓޯރުގެ ދަރަނި މިހާރު ހަމަޖެހޭ ނެއެވެ. އެއީ މުސްކުޅިންނަށް ސަރުކާރުން ދެއްވާ އިނާޔަތުންނެވެ. މިއަދު މުސްކުޅިން މަގުމަތީގައި ނެތެވެ. މިހާރު ރާއްޖޭގެ ކަންކޮޅުތަކުން އެކަމުގެ އުފާ އެބަކުރެއެވެ.
    * ވަޖުދީއެވެ’ މަސްވެރިކަން ތަރައްގީ ކުރުމަށް ވަގުތު ބޭނުންވެއެވެ. ސަރުކާރުން މިހާރު ދަނީ އެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މަސްވެރިކަން ރަނަގަޅު ވުމާއި ހީނަރުވުން އެއީ ގުދުރަތީ ކަމެކެވެ.
    * ވަޖުދީއެވެ’ ރާއްޖޭގެ ދަނޑުވެރިކަން ކުރިންވެސް އޮތީ ތަރައްގީ ވެފައެވެ. ނަމަވެސް ރާއްޖޭގެ ކަންކޮޅުތަކުން އުފައްދާ ދަނޑޮ ގޮވާމުގެ ތަކެތި އެއްރަށުން އަނެއްރަށަށް މާކެޓްކުރެވޭ ގޮތް އޮތީ ނެތިފައެވެ. މިސަރުކާރުން ދަނީ މުޅި ރާއްޖެ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅުވާ މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއިރުން ދަނޑުވެރިން އުފައްދާތަކެތި މާކެޓް ކުރެވޭނެއެވެ. * ވަޖުދީއެވެ’ ދޮންވެ ފަތްކާވެފައި ނެތް އިގުތިސާދެއް ހަރުދަނާ ކުރެވޭނީ ފޮރިން އިންވެސްޓް މަންޓް ރާއްޖެއަށް ގެނެވިގެންނެވެ. ނަމަވެސް މިސިޔާސަތުގެ މައްޗަށް ވަޖުދީ މެންދަނީ، އިދިކޮޅު ހަދަމުންނެވެ. ވީހިނދު، މިކަން ކުރާނީ ކިހިނެއް ހެއްޔެވެ؟
    ވަޖުދީއެވެ’ ހައްތަހާވެސް ވަޖުދީމެންގެ ކިބައިން މިފެންނަނީ، އިންޑިޔާގެ އަންޑަމަން ނަސްލުގެ ބޯ މީހުންގެ ވިސްނުމާއި، އަމަލެވެ. ވަޖުދީ ފަދައިން އެމެރިކާގެ ދޮން ނަސްލުގެ މީހުން އޮބާމައާއި ސުއާލު އެބަކުރެއެވެ. 13 މަސްވީ އޮބާމާގެ ވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ކޮށް ދެވުނީ ކޮންކަމެއް ހެއްޔެވެ؟ ވަޖުދީއެވެ ސައުތު އެފްރިކާގެ ކުރީގެ ގަބިލީ ރަސްކަން އޮތް ދުވަސްވަރު އެތާގެ ރަސްކަލަކު ވިދާޅުވިއެވެ. ތިމެން އައުހާރުވާ ދުވަހަކު މިގަބީލާގެ މީހުންޖެހޭނީ މަރުވެ ގަންނާށެވެ ސަބަބަކީ، ތިމެންނައަށް ފަހު ދެން މިގަބީލާގައި ރަސްކަން ކުރާނެ މީހަކު ނުހުންނާނެއެވެ. ބުނަންހެއްޔެވެ. މިރާއްޖޭގައި މީގެ ކުރިން 83 ރަސްކަލުން ރަސްކަން ކޮށްފިއެވެ. އެމީހުން ވެސް ދުނިޔޭގައި ނެތެވެ. ނަމަވެސް މިރާއްޖޭގައި ވެރިކަން ކުރާނެ ބަޔަކުނެތި ވެރިކަން ނުކުރާ ޒަމާނެއް ދިޔަހެއްޔެވެ؟

    Comment by Hassan Mahir / Huludoo — Thursday, March 4, 2010 @ 3:13 am

  8. ޑަބަލް ކޮމެންޓް ކެންސަލް ކުރައްވާށެވެ

    Comment by Hassan Mahir / Huludoo — Thursday, March 4, 2010 @ 3:13 am

  9. ދަހިކުތްތާ އަބަދުވެސް ތިބޭނީ ކާތަކެތީގެވަސްބޮޑައްދުވާބަދިގެވައިދަށްފަރާތުގައިވަތް
    ވަތްޖަހާށެވެ.އެހެންތިބެނިކޮށް އެހެންބަދިގެއަކުންބޮޑައްކައްކަންފަށައިފިއްޔާ
    ދުވެފައިއެތަނައްދާނެކަންޔަޤީނެވެ.ގޮސްކުރިންއޮއްބަދިގޭގެވެރިންނާދިމާޔައްވެސް
    ވަތްވައްޖަހާނެއެވެ.މިކޮމެންޓްރައްކާކޮފައިބޭއްވިއަސްއެންމެރަގަޅެވެ.އެއްފުޅައްމަތިން
    ފުންމާލިބަކަރި7ފުޅައްމަތިންފުންމާލާނެއެވެ.ކާންދީބޮޑުކުރިގެއިންވައްކަންކުރާދަރި
    އެހެންހުރިހާގެއަކުންވެސްވައްކަންކުރާނެ.މިއީހައްތާވެސްތިޔަކަމާގުޅޭމުސްކުޅިވާހަ
    ކަތަކުގައިހުންނަމުސްކުޅިބަހެވެ.

    Comment by މުސްލިމް — Thursday, March 4, 2010 @ 10:25 am

  10. އަލްހާންމެންފަދަ ޢިލްމީ އަދި ޢަމަލީ މައިދާނުގައި ސާބިތުކަމާއިއެކު ވަކާލާތު ކުރަންކެރޭ ޒުވާނުން ޑީ.އާ.ރު.ޕީ ން ބޭރުކޮއްލިކަމީ އެޕާރޓީ އަކީ ޑިމޮކުރަސީގެ ކުލަވެސް އޮތް ޕާރޓީ އަކަށް ނުވާކަމުގެ އަލިގަދަ ހެއްކެކެވެ.އަލްހާން އަށް ޢަމަލީ މައިދާނުގައި އެމް.ޑީ.ޕީ އާއިއެކު އިތުރު ކުރިއެރުމަށް އެދެމެވެ.

    Comment by Didi — Friday, March 5, 2010 @ 1:10 am

  11. ތިންވަނަ ކޮމެންޓުގައި ހަސަން މާހިރު ލިއުއްވާފައި އެވަނީ ވަރަށްތެދު އެހާމެ އަގުހުރި ނަސޭހަތުގެ ރިވެތި ބަސްތަކެކެވެ.ލިއުއްވާފައިއެވަނީ ވަރަށް އިޚުލާސްތެރި ހިތަކައިގެންކަން ޔަގީނެވެ.އޭ އިންސާފު ގާއިމު ކުރުމުގެ ޒިންމާދާރުންނޭވެ އިންސާފުގެމަގު ޚިޔާރުކުރާށެވެ.

    Comment by Didi — Friday, March 5, 2010 @ 1:20 am

  12. ވަޖުދީގެ، ހިތުން ނުފިލި ރައްޔިތުންނަށް ކެހިލިބުނު ކުރީގެ ސަރުކާރު”
    މިސްރުގެ ވެރިކަމުގައި ބަގުޑި ބައްދާ 28 އަހަރު ގުނަމުންދާ ޚޮދުމުޚުތާރު ވެރިއެއްގެ އަތުން 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމެއް މިރާއްޖޭގައި ކުރެއްވި ކުރީގެ ރައީސްއަށް އިސްލާމީ ފަންނުތައް ކުރި އެރުވުމުގެ ދާއިރާއިން، އެންމެ މަތީ ޚިދުމަތްތަކެއް ކޮށްދެއްވި ކަމުގެ އެވޯރޑު އައްސައްޔިދު ހުސްނީ މުބާރަކުލް މިސްރީގެ އަތްޕުޅުން މައުމޫނަށް ދެއްވުމަކީ އަޖައިބު ވާންޖެހޭ ކަމެއްނޫނެވެ. ދުރުގައި ތިއްބަސް ވެރިކަމުގެ މައްޗަށް ލާލަޗު ބޮޑުންގެ މެދުގައި ވެދިޔަތަން ބުގިސް ކުރުމަށް ރަނގަބީލު ތަޅާނެއެވެ. އަދި ކިއުބާއިން ނާއި، ނޯތު ކޮރެއާއިން ވެސް މައުމޫނު އަށް ކިންޖޮލް އިލްގެ ލަގަބު ދޭނެއެވެ.
    މުޙައްމަދު ސަޢީދު މޫސާ ވަޖުދީއެވެ’ ކުރީގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، 826 ފަރާތްތަކަށް ބަނގުރާ ގަތުމުގެ ރަސްމީ ލައިސަންސް އޮތީ ދޫކޮށްފައެވެ. މިކަންދެނެ ހުރިންތޯއެވެ؟ ވީހިނދު، އެއީ ލާދީނީ ސަރުކާރަކަށް ވަޖުދީގެ، ކުރިމަތީގައި ނުވިއެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި 2004 އަހަރު ކުރީކޮޅު އިސްލާމީ މަރުކަޒްގައި ބޭއްވި ރަސްމީ ޖަލްސާ އެއްގައި ކުރީ ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެފައި ވަނީ، ދިވެހިންނަށް ވެސް އެމީހުން ބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަންވާނެ ކަމުގައެވެ. ނަމަވެސް ކުރީގެ ސަރުކާރަކީ، ލާދީނީ ސަރުކާރަކަށް ވަޖުދީގެ، ކުރިމަތީގައި ނުވިއެވެ. ކުރީގެ ރިޔާސީ ގަނޑުވަރުގައި ކުރީގެ ސަރުކާރުގައި ޚިދުމަށް ކުރެއްވި އިސް މަގާމެއްގެ ވެރިޔަކުގެ ޙިއްސާއޮތް ކުންފުންޏަކުގެ ތެރެއިން ނަސާރާ ދީން ފެތުރުމުގެ ހަރަކާތް ތަކެއް މިރާއްޖޭގައި ހިންގި ހިނދު، އެއީ ލާދީނީ ސިޔާސަތު ގެންގުޅުއްވި ބަދުމާޝީ ސަރުކާރަކަށް ވަޖުދީގެ، ކުރިމަތީގައި ނުވިއެވެ. ކުރީގެ ރައީސުލް ޖުމުހޫރިއްޔާގެ ޕާސަނަލް ފްޓޮގުރާ ފަރު ނަޖުމީ ލާ ދީނީ ހަރަކާތެއްގައި ބައިވެރިވި ކަމަށް ބުނާ މައްސަލަ އެއީ ވެސް ކުރީގެ ސަރުކާރަކީ، ލާދީނީ ސިޔާސަތު ގެންގުޅުއްވި ސަރުކާރަކަށް ވަޖުދީގެ، ކުރިމަތީގައި ނުވިއެވެ. ލަނޑާ ގިރާވަރުގައި ބޮޑު ބުދު ބަހައްޓާ އަފޫރުއްބަ ނާޗަރަންގީ ވެރިކަމުގެ ބޮޑުން ޝާމިލުވެ ހިންގި އިރު، އެއީ ލާދީނީ ސަރުކާރަކަށް ވަޖުދީގެ، ކުރިމަތީގައި ނުވިއެވެ. އިނގިރޭސި ޝާހީ ބޮޑު ސަލީބުގެ ލަގަބު އިނގިރޭސި ރާނީގެ އައްޕުޅުން ލިބި އެކަމުގެ ޝުޙުރަތުގައި ކުރީގެ ރައީސް ބުގިސްވީ ހިނދު، އެއީ ލާދީނީ ސަރުކާރަކަށް ވަޖުދީގެ، ކުރިމަތީގައި ނުވިއެވެ. ރާއްޖޭގައި އުފެދުނު ބޮޑެތި ދީނީ އިލްމުވެރިންގެ ތުނބުޅި މަތިމަސް ޗިލީސޯސް ޖަހާ ބޭލި ހިނދު، ކުރީގެ ސަރުކާރަކީ، ލާދީނީ ސަރުކާރަކަށް ވަޖުދީގެ، ކުރިމަތީގައި ނިވިއެވެ.
    އަޅުގަނޑުގެ އަޚް ވަޖުދީއެވެ’ ކިއްސަރު ވަޑާމަށް ދަޢުވާކުރި، އެކަމަކު ވަޑާން ކުރަން ނުދަންނަ މާވަޑިޔާ އަށް ބޮޑު ޅޮސްގަހަކުން ދޭފަތެއް ނެހެދު ބީދައިން، 30 އަހަރުގެ ދިގު ވެރިކަން މިގައުމުގައި ކުރި އުސްތާޛަށް ތިމާގެ އަތުގައި ގަލަން އޮތަތީވެ އިންޑިޔާގެ ބޯ ނަސްލުގެ މީހުންގެ ބީދައިން، މިއުއްމަތުގެ މައްޗަށް ކެހިދިން ވެރިއަކަށް ސަޖިދަ ނުޖަހާށެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ޙިދާޔަތު ގަބޫލުކޮށް، އެދީނުގައި ފައިތިލަ ސާބިތުކޮށް މިރާއްޖޭގައި ދިރި އުޅެމުންދާ މުސްލިމު ދިވެހި ދަރިއެއްގެ ހައިޞިއްޔަތުން މިސަރުކާރުން ވިޔަސް އަދި ކުރީގެ ސަރުކާރުން ވިޔަސް ރާއްޖޭގައި ބަނގުރާ ވިއްކުން ފުޅާކޮށް، އެކަމަށް ހިއްވަރު ދެއްވާ، އެއްވެސް ސަރުކާރަކަށް އަޅުގަނޑުގެ ކިބައިން ތަރުޙީބެއް ނެތެވެ. ވަޖުދީއެވެ’ މިއަދު ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ ދައުލަތް ހިންގުމުގެ ދުސްތޫރީ ސަރަކަ މައުމޫނު ފަދައިން، މުޙައްމަދު ނަޝީދުގެ އަންބޮނޑި ދަށުގައި ގާނޫނީ ގޮތުން ނެތެވެ. ވީހިނދު، ވަޖުދީމެންގެ ކުރީގެ ޒުވާންކަމުގެ ގަލަން ޒުވާންޖޯށުގައި ނިކުތް ހިނދު، ކުރީގެ ރައީސް އެގަލަން ކޮޅު ފޭރިގަތް އުސޫލުން އަދުގެ ޒަޢީމް ކެނެރީގޭ މުހައްމަދު ނަޝީދު، ވަޖުދީގެ ރަން ގަލަންކޮޅު ޖަހައި ނުގަންނާނެ އެވެ. މިއަދު ގާނޫނީ ގޮތުން އެކަންނުވެސް ކުރެވޭނެއެވެ. ވީހިނދު، ދިވެހި ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ މައްޗަށް މިފަދަ ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އުސް ކުންނުގައި ތިބީ ކޮންބައެއް ހެއްޔެވެ؟ މިއަދު ވަޖުދީ ބޭނުން ވާހަކައެއް ނޫސްތަކުގައި ލިއުމުގެ ފުރުޞަތު އެބައޮތެވެ. މިހަގީގަތް ވަޖުދީގެ ގަލަމުގެ ތުނޑުން ވެސް މިއަދު އެބަ ހެކިދެއެވެ.
    ކޮންމެ އަކަސް ބަނގުރަލުގެ މައުޞޫޢުގެ މައްޗަށް އެއްވެސް އެއްޗެއް ބުނާކަށް މިފުރުޞަތުގައި އަޅުގަނޑު ނެތީމެވެ. ނަމަވެސް އިސްލާމީ މުޖުތަމައެއްގައި ޢައިރު މުސްލުމްނަށް ބަނގުރާ ވިއްކުމުގެ މައްޗަށް ޑރ ބިލާލުގެ ޢިލްމީ ނަޒަރިއްޔާ އަށް އަޅުގަނޑު ތަރުޙީބު ދެމެވެ. ވަޖުދީއެވެ. ބޯދާ ވިސްނުމާއި ހައްދު ފަހަނަޅާ ދިއުމުގެ އުސޫލުތައް އަޅުގަނޑު މެން ދޫކުރަން އެބަޖެހެއެވެ. މިކަމުގައި އަޅުގަނޑު އިންސާފުން އެއްކިބާ ކުރީ ވަޖުދީގެ ގަލަން ކޮޅެވެ. އެހެނީ، ކުރީގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، 826 ފަރާތްތަކަށް ބަގުރާ ގަތުމުގެ ރަސްމީ ލައިސަންސް އޮތީ ދޫކޮށްފައެވެ. ވީހިނދު، މިސަރުކާރުން ކުރެއްވި ކަމަކީ، ކުރީގެ ގަވާއިދު ރިވައިސްކޮށް، މާލެއާއި ރާއްޖޭގެ ކަންކޮޅު ތަކުގައި ހުރި ގެސްޓް ހޮޓާތަކުގައި ސަރުކާރު ގަބޫލުކުރާ ހަރުދަނާ މިންގަނޑެއްގެ މައްޗަށް ކުރީގެ ގަވާއިދު ބަދަލުކޮށް ގެސްޓް ހޮޓާތަކަށް ހުއްދަ ދިނުމުގެ ގަވާއިދު އަލުން ގެޒެޓް ކުރުމަށް ރައީސުލް ޖުމުހޫރިއްޔާގެ އޮފީހަށް އެގަވާއިދު ފޮނުވުންކަމަށް ވީހިނދު، ވަޖުދީ 25 ފެބްރުއަރީ 2010 ދުވަހު ހަވީރު ނޫހުގެ ސަފްޙާގައި ހަމައެކަނި ލާދީނީ ސިޔާސަތެއް ގެންގުޅުއްވާ ކަމަށް ތުހުމަތު ކުރެއްވީ މިސަރުކާރުގެ މައްޗަށެވެ. އިންސާފު ކޮބާހެއްޔެވެ؟ ވަޖުދީއެވެ’ ހިތުން ނުފިލި ރައްޔިތުންނަށް ކެހިލިބުނު ކުރީގެ ސަރުކާރު މާޒީވެ ހިނގައްޖެއެވެ.

    Comment by Hassan Mahir / Huludoo — Friday, March 5, 2010 @ 3:17 pm

Leave a comment