
ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ބޮޑަށް ކިލަނބުވެގެން ދިޔަ ދިޔުމުގެ ތެރޭގައި، ޙައްލެއް ހޯދުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރާން ފެށުމާ ގުޅިގެން، ވަރަށް އުޖާލާ މަންޒަރެއް މިހާރު ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
[ވިދާޅުވޭ...]
ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ހިންގެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
[ވިދާޅުވޭ...]

މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅުއްވައި ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ …
[ވިދާޅުވޭ...]

ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު، އަންނަ އާދީއްތަ ދުވަހު ހަމަވާނެއެވެ. އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާބެހޭ ފޯމް، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ވަގުތަކީ، އާދީއްތަ ދުވަހުގެ މެންދުރުފަހު 3.00އެވެ.
[ވިދާޅުވޭ...]
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މަތިއުތުރު ޕްރޮވިންސްގެ ހދ. ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ކުޅުދުއްފުށްޓަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ.
[ވިދާޅުވޭ...]
12 ޖުލައި 2010ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.
[ވިދާޅުވޭ...]
- ރާމިޒް -

ރިޔާސީ އިންތިޚާބަކަށް އަލުން ކުރިމަތިލައްވަން ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމަށާއި، އެފަދަ އިންތިޚާބެއްގައި ސާފުސާދާ އަޣްލަބިއްޔަތު ލިބިވަޑައިގަންނަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
[ވިދާޅުވޭ...]
ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރެއްވުމަށް ވާދަވެރި ޕާޓީތަކުގެ މެދުގައި މިހާރު ހިނގަމުންދާ މަޝްވަރާތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ވަނީ ދެފަހަރެއްގެ މަތިން ވާދަވެރި ޕާޓީތަކާއެކު މަޝްވަރާތަކެއް ބާއްވާފައެވެ.
[ވިދާޅުވޭ...]
- ރާމިޒް -

ކުރިއަށް އޮތް ހަފްތާތަކުގެ ކޮންމެ ދުވަހަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ފެށިގެންދާނެ ދުވަސްތައް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ
[ވިދާޅުވޭ...]