mdp_banner

ޤައުމީ ހިންގާ ކޮމެޓީ

އެމްޑީޕީގެ ޤައުމީ ހިންގާ ކޮމެޓީއަކީ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 5ވަނަ ބާބުގައި ބަޔާންކުރެވިފައިވާ، ޕާޓީގެ 13 ގުނަނުގެތެރެއިން 3ވަނަ ގުނަނެވެ.

ޤައުމީ މަޖިލީހުގެ ދެބައްދަލުވުން ދެމެދުގައި މަޖިލީހުން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތު އަދާކުރާނީ ޤައުމީ މަޖިލީހުގެ، ޤައުމީ ހިންގާ ކޮމިޓީއިންނެވެ. އެހެނަސް މި ޤައުމީ ހިންގާ ކޮމިޓީއަކަށް، ކޮންގްރެސްއިން ކަނޑައަޅާ ޤާއިމުކޮށްފައިވާ އެއްވެސް ނިންމުމަކާ ފުށުއަރާގޮތަށް ޢަމަލު ހިންގުމުގެ ބާރެއް ނޯންނާނެއެވެ. ޤައުމީ ހިންގާ ކޮމިޓީގައި އެކުލެވެނީ:
(ހ) ރައީސްއާއި، ނައިބު ރައީސް.
(ށ) ޤައުމީ ޗެއަރޕަރސަން.
(ނ) ޕާޓީގެ ކެބިނެޓް މެމްބަރުން.
(ނ) އަމީން ޢާއްމު އަދި އަމީން ޢާއްމުގެ ނައިބު.
(ރ) ޢާންމު ޚަޒާންދާރު.
(ބ) ޢާންމު އިންތިޚާބާބެހޭ ޑިރެކްޓަރ.
(ޅ) ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން.

ޤައުމީ ހިންގާ ކޮމިޓީގެ ޤާނޫނީ ޢަދަދު
މަދުވެގެން މަހަކު އެއްފަހަރު ޤައުމީ ހިންގާ ކޮމިޓީ ބައްދަލުވާނެއެވެ. މި ކޮމިޓީގެ ބައްދަލުވުމުގެ ޤާނޫނީ އަދަދަކީ، ކޮމިޓީގެ ތިންބައިކުޅަ އެއްބަޔެވެ.

ކަންކަން ފާސްކުރުން
އެހެން ގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު، ޤައުމީ މަޖިލީހުން ނުވަތަ ޤައުމީ ހިންގާ ކޮމިޓީއިން ނިންމާ ނިންމުންތައް ބިނާވެފައި އޮންނާނީ ސާދާ އަޣްލަބިއްޔަތުގެ ވޯޓުގެ މައްޗަށެވެ. ލަފައަށްއެހި ވޯޓު ހަމަހަމަ ވެއްޖެނަމަ ލަފައަށްއެހި ކަންތައް ފާސްނުވީއެވެ.